Advertisement

ކޮވިޑް-19 ބަލީގައި ރާއްޖެއިން 146 ވަނަ މީހަކު ނިޔާވެއްޖެ!

26 May 2021 | 17:21

ކޮވިޑް-19 ބަލީގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު، މިއަދު ހެނދުނު 2:35 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 146ވަނަ މީހާއެވެ.

މިއާއެކު މިހާޔަތަނަށް ބަލިޖެހިގެން 1004 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 835 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 153 މީހެކެވެ.

Advertisement

ކޮމެންޓް