Advertisement

ރައީސް ނަޝީދަށް ދިން ހަމަލާއާއި ފަހުން ހިނގި މަރުގެ ހާދިސާތަކާއި ގުޅުމެއްވޭތޯ ބަލަން އެދިއްޖެ

28 May 2021 | 16:36

2021 މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހިނގި މަރުގެ ހާދިސާތަކާއި ގުޅުމެއްވޭތޯ ބަލަން ގޮވާލައިފިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން އެމްޑީޕީން މިރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެޕާޓީގެ ނާއިބު ރައީސް، މުޙައްމަދު ޝިފާޒު ވަނީ، މި ހާދިސާއަށްފަހު މި ދުވަސްވަރު އެކިކަހަލަ މަރުތައް ވެފައި ވާކަމަށެވެ.

އެގޮތުން، އިމާރާތަކުން ވެއްޓިގެންނާއި މަގުމަތީ މަރުވެފައި އޮއްވާ ފެނިފައިވާ މަރުތަކާއި މިކަންކަމަށް، ރަނގަޅު ތަޙުޤީޤެއް ކުރިޔަށް ދާއިރު ރިޢާޔަތް ކުރެވިގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"އިވޭ އަޑުތައް އެކި ދިމަ ދިމާލުން އަނެއްކާ ބައެއް ބޭފުޅުން ގުޅާފައި ވެސް މިއީ އަނެއްކާ މިއާ ގުޅުން ހުރި ކަމެއް ބާއޭ ނޫންބާއޭ ވެސް ސުވާލު ކުރޭ ތަޙުޤީޤު ކުރާ ބޭބޭފުޅުން ވަށައިގެން މި ހިނގާ ކަންކަމަށް އުއްމީދު ކުރުން މުހިންމު ކަމެއް ކަމަށް ހަމަ ގައިމުވެސް އަޅުގަނޑު ދެކެން،" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމްއެމްޕީއާރްސީގެ އެ ރިޕޯޓުގެ ވާހަކަ، އެމަނިކުފާނު ދެއްކެވުމުން އެމަނިކުފާނަށާއި އަދި އެމްޑީޕީ އަށް އަމާޒުކޮށް ވެސް އެކިއެކި ވާހަކަތައް މީސްމީޑިއާގައި ދެއްކި ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު އެމަނިކުފާނު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.

ފޮޓޯ: އަވަސް

Advertisement

ކޮމެންޓް