Advertisement

އިންޑިއާއަކީ ބޮޑުބޭބެއަށް ވާއިރު ރާއްޖެއަށް އޮންއެރައިވަލް ވިސާ ނުދެނީ ކީއްވެ؟: އުޝާމް

29 May 2021 | 14:41

އިންޑިއާއަކީ ރާއްޖޭގެ ބޮޑުބޭބެއަށްވާއިރު އޮންއެރައިވަލް ވިސާ ރާއްޖޭއަށް ނުދެނީ ކީއްްވެތޯ ކަމަށްވިދާޅުވެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ސުވާލު އުފައްދައިފިއެވެ.

އުޝާމު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.

އުޝާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 80 ޤައުމުން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭއިރު، އަވައްޓެރި އިންޑިޔާއިން ދިވެހި ރައްޔިތުންނަށް ވީސާ ނުދެނީ ކީއްވެތޯ ސުވާލު އުފެއްދިއެވެ.

އަސްލަމްގެ ޓުވީޓަށް ރައްދުދެއްވަމުން އުޝާމް ވިދާޅުވެފައިވަނީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ހުޅުވުމުން ވިސާ ހޯދުން ފަދަ ކަންކަމުގައި އައްޑޫ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ލަންކާ، މެލޭޝިޔާ، ސިންގަޕޫރުގެ އިތުރުން 80 ޤައުމަކަށް އެތެރެވާން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭކަމަށެވެ. އުޝާމު ވިދާޅުވީ، މިހާރުގެ ސަރުކާރު ބުނާގޮތުން އިންޑިއާއަކީ ރާއްޖޭގެ ބޮޑުބޭބެއެވެ. އެހެންކަމަށް ވާއިރު ދިވެހިންނަށް އޮން އެރައިވަލް ވިސާ ނުލިބެނީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

Advertisement

ކޮމެންޓް