ޔޫރޯ 2024 ބާއްވާ ގައުމަށް ޖަރުމަން

28 Sep 2018 | 06:16

ޔޫރޯ 2024 ބާއްވާ ގައުމަކަށް ޖަރުމަނީ ހޮވިއްޖެއެވެ. ޔޫރޯ 2024 ބާއްވާ ގައުމަކަށް ޖަރުމަނީ ހޮވިފައިވަނީ ޔުއޭފާގެ އެގްޒެކެޓިވް ކޮމިޓީގައި ނެގުނު ވޯޓަކުން އެކަމަށް ކުރިމަތިލި ތުރުކީގެ މައްޗައް ކުރި ހޯދައިގެންނެވެ.

މިއީ ޖަރުމަނުން އެއް ގައުމެއްގެ ގޮތުގައި އޮވެ މި މުބާރާތް ބާއްވަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ ކުރިން 1988 ވަނަ އަހަރު ވެސްޓް ޖަރުމަނުގައި މި މުބާރާތްވަނީ ބާއްވާފައެވެ. 

Advertisement

ކޮމެންޓް