މުޢާޒް ދެއްކި ރޯބުހުތާނު ދޮގު ހަރުކަށި އިބާރާތުން ކުށްވެރިކުރަން - ޕީޕީއެމް

26 Dec 2018 | 23:35

ރައީސުލްޖުމްހޫރީޔާ އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފިއެވެ.

މިރޭ ކުއްލިގޮތަކަށް ނޫސްވެރިންނާއި ބައްދަލުކޮށް ކުރީގެ ރައީސުލްޖުމްހޫރީޔާ އޮފީހުގެ ތަރުޖަމާނު މުއާޒް އަލީ ވަނީ ރައީސުލްޖުމްހޫރީޔާގެ ރަސްމީ ލޯންޗުކޮޅު ގޮވި ހާދިސާއާއި ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކައި، މި ހާދިސާއާއި މެދު ސުވާލުތަކެއް އުފައްދަވާފައެވެ.

މިކަމާގުޅިގެން ޕީޕީއެމް އިން ކުޑައިރުކޮޅެއް ތެރޭގައިވަނީ ނޫސްބަޔާނެއް ނެރެ މުޢާޒްގެ ވާހަކަތައް ހަރުކަށި އިބާރާރުން ކުށްވެރިކޮށްފައެވެ.

"ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް މުއާޒް އަލީ، ހަޒާރުމާގެ / ނ. ފޮއްދޫ، އޭނާގެ އަމިއްލަ ހައިސިއްޔަތުން މީޑިއާއާ 26 ޑިސެމްބަރު 2018 ވަނަ ދުވަހުގެ ރޭ ބައްދަލުކޮށް، ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ނިސްބަތްކޮށް ދެއްކި ރޯބުހުތާނު ދޮގު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ" ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

"އަދި މުއާޒްގެ މިއަމަލާ ގުޅިގެން ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން އުފެދިފައިވާ ސުލޫކީ ކޮމިޓީގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތިން، މައްސަލަބަލައި ތަހްޤީޤުކުރުމަށް ވަނީ ހުށަހަޅާފައި" ޕީޕީއެމް ބަޔާނުގައި ވެއެވެ.

ޕީޕީއެމްއިން ފިޔަވަޅު އެޅުމަށް ބުނެފައި ވީކަމުގައި ވިޔަސް މުޢާޒް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްއިން ވަކިވެފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި ޕީޕީއެމް ކައުންސިލް މެންބަރުކަމުން ވެސް މުޢާޒް ވަނީ މިބައްދަލުވުމުގައި އިސްތިއުފާ ދިންކަން ހާމަކޮށްފައެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުންދު ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ވެސް މުޢާޒް ޕާޓީން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ އެއްލިބިފައިނުވާކަމަށެވެ. 

Advertisement

ކޮމެންޓް

Advertisement