އުރީދޫއިން ވައިބަރގެ އެތައް ހާސް ސްޓިކަރ ޕެކްތަކެއް އެންމެ 19 ރުފިޔާއަށް

27 Dec 2018 | 05:36

އުރީދޫ މޯލްޑިވްސް އާއި ވައިބަރ ގުޅިގެން، ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބަރ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދޭ، މަހަކު އެންމެ 19 ރުފިޔާގެ ޕެކެއް ތައާރަފްކޮށްފިއެވެ. މި ޚިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބަރގެ ސްޓިކާ މާކެޓުގައި ހިމެނޭ އެތައްހާސް ސްޓިކާތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލާ ބޭނުންކުރެވޭނެއެވެ.

"ވައިބަރ އަކީ ޢާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންގެ އެކި އުމުރުފުރާގެ މީހުންގެ ތެރޭގައި ވަރަށް މަޤުބޫލު އެޕެއް. މިއަދު މި ތަޢާރަފްކުރެވުނު ޚިދުމަތާއިއެކު ވައިބަރގެ މަޤުބޫލު ސްޓިކަރތައް މެދުވެރިކޮށް ދެކެވޭ ވާހަކަތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނުބޮޑު އުފަލެއް. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ލޯކަލް އަދި އިންޓަރނޭޝަނަލް ޕާރޓްނަރުންނާއި ގުޅިގެން އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން މިކަމައި ބެހޭ ގޮތުން ވިދާޅުވިއެވެ.

ޕްރިމިއަމް ވައިބަރ ސްޓިކަރގެ ޚިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ލިބިދެވޭ ޚިދުމަތަކަށްވާއިރު، އަންލިމިޓެޑް ވައިބަރ ސްޓިކަރގެ މި ޚިދުމަތާއިއެކު ޕްރިމިއަމް ސްޓިކަރޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ. އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް STICKER ޖެއްސެވުމަށްފަހު 4114 އަށް ފޮނުއްވުމުން ވައިބަރގެ ސްޓިކަރ މާކެޓުން ބޭނުންފުޅު ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެއްވޭނެއެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންގެ ތަފާތު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އުރީދޫއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި އުރީދޫއިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ ރާއްޖޭގައި ތައާރަފްކޮށްފައެވެ. މި ޚިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ 7 ދުވަހު ހިލޭ، އަދި އެއަށްފަހު ފުރަތަމަ 6 މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://www.ooredoo.mv އަށް ޒިޔާރަތް ކުރެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

Advertisement

ކޮމެންޓް

Advertisement