ހިޔާ ފުލެޓާއި ގުޅުންހުރި ހުރިހާކަމެއް ކުރާނީ އެޗްޑީސީން: ހައުސިންގ މިނިސްޓްރީ

07 Jun 2021 | 23:13

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތަކާއި ގުޅުންހުރި ހުރިހައި ކަމެއްކުރާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ހައުސިން އިންފްރާ ސްޓަރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގެ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތު ދެއްވިގޮތުގައި ހިޔާ ތަޅުދަނޑި ހަވާލުކުރުމާއި، މިނޫންވެސް ހިޔާ ފުލެޓާއި ގުޅުންހުރި ކަންކަން ކުރާނީ އެޗްޑީސީންކަމަށެވެ.

ހިޔާ ފުލެޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދާއިރު ކޮވިޑް19 ގެ ބަލިމަޑުކަމާއެކުކަމަށް ބުނެ ގުރު ނެގުމާއި، އެގްރިމެންޓުކުރުން ފަދަ މީހުން ވެއްދުމުގެ އެންމެ ފަހުގެ މަސައްކަތްތައް ވަނީ މެދުކެނޑިފައެވެ.

ގުރުނެގުމާއި، ހިޔާ ފުލެޓު ހިމެނޭ ސަރަޙައްދުގެ މަގުތަކާއި ފުލެޓުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަނީ އެޗްޑީސީންނެވެ.

ހިޔާ ފުލެޓު ހިމެނޭ ސަރަޙައްދުގައި މިހާރުވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންކަން އެ ސަރަޙައްދަށް ޒިޔާރަތްކުރި ވޮއިސްގެ ނޫސްވެރިންނަށް މިއަދު ފާހަގަކުރެވިފައިވެއެވެ. އެގޮތުން ޕާކިން ޒޯނު ހެދުމާއި، އާންމު ސަރަޙައްދުތަކުގައި ގައު އެޅުމާއި މަގު ހެދުމުގެ ގިނަ މަސައކަތްތަކެއް ކުރަމުންދެއެވެ. އޭގެ އިތުރުން ފުލެޓުތައް ފޮޅާ ސާފުކުރުމާއި ކަރަންޓުގެ މަސައްްކަތްވެސް ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތައް މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ހަވާލުކުރާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ފުލެޓުތައް ހަވާލުކޮށްފައެއް ނުވެއެވެ. މިހާރު ސަރުކާރުން ބުނަމުން ދަނީ ޖޫން މަސް ނިމުމުގެ ކުރިން ފުލެޓުތަކަށް ވަދެވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement