Advertisement

އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ބަޔަކީ ޕީޕީއެމް/ޕީއެންސީ: މެންބަރު އާދަމް ޝަރީފް

12 Jun 2021 | 17:46

އެންމެ ޑިމޮކްރެޓިކް އަދި އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ބަޔަކީ ޕްރޮގްރެސިވް ކޯލިޝަންގެ ޕީޕީއެމް/ޕީއެންސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބައިބައިވެއްޖެކަމަށް އެ ޕާޓީގެ ޗެއަރޕާސަން ޙަސަން ލަޠީފު ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓު ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެންމެ ޑިމޮކްރެޓިކް އަދި އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ، އަދި ލީޑަރޝިޕްގެ ގުޅުން އެންމެ ބަދަހީ ރައީސް ޔާމީންގެ ޒަޢާމަތުގައި ހިނގަމުންދާ ޕީޕީއެމް/ޕީއެންސީ ކަމަށެވެ.

އާދަމް ޝަރީފްގެ ޓްވީޓުގައިވަނީ، ރައްޔިތުން އުންމީދު ކުރަނީ 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުން ކަމަށާއި، ދިވެހިންނަށް އަލުން މި ޤައުމު ހޯދައިދީ، މިނިވަން މުސްތަޤިއްލު ވެރިކަމެއް ޤާއިމު ކުރުމަށް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދި، އިއްޔެ އެ ޕާޓީގެ ޗެއަރޕާސަން ޙަސަން ލަޠީފްވަނީ، އެޕާޓީ ބައިބައި ވެއްޖެކަން މީސްމީޑިއާގައި ހާމަ ކުރައްވާފައެވެ.

ފޮޓޯ: އެޑިޝަން

Advertisement

ކޮމެންޓް