މިއީ އެންމެ ގިނަ ކަންތައްތައް ކުރި ޞާލިޙް ވެރިކަން: މޫކޭ

18 Jun 2021 | 21:44

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި މައްސަލަތައް ދިމާވެފައިވާ މި ދަނޑިވަޅުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ސަރުކާރަށް ތަޢުރީފު ކުރައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަތައް ހޫނުވެ އެބަޔަކު ތިބި ފަޅި ހާމަ ކުރަމުން ދާއިރު، މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިންސާފު ޤާއިމު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރަމުންދާ، ކިޔެވުމުގެ ފުރުޞަތާއި ޞިއްޙީ ނިޒާމު އަދި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ކުރިއެރި، މިނިވަން މުއައްސަސާތަކާއި ލާމަރުކަޒީ ނިޒާމަށް އެންމެ ހެޔޮ، އަންހެންނުން ބާރުވެރިކުރި، އެންމެ ޕްރޮޖެކްޓްތައް ގިނަ ޞާލިޙު ވެރިކަން ކަމަށެވެ.

މޫކޭ މިފަދައިން ވިދާޅުވެފައިވާއިރު، މީގެ ކުރިން އޭނާވަނީ، ރައީސް ޞާލިޙުގެ ސަރުކާރާއެކު ހުރިކަން ހާމަކުރައްވާ ސަރުކާރު ދިފާޢު ކުރައްވާނެކަން ހާމަ ކުރައްވާފައެވެ.

މޫކޭ ވިދާޅުވެފައިވަނީ، ކާލިޔަސް، ސަރުކާރުގެ މަޤާމެއްގައި ހުރިހާ ހިނދަކު ސަރުކާރު ދިފާޢު ކުރައްވާނެ ކަމަށެވެ. 

Advertisement

ކޮމެންޓް