Advertisement

މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް: ޢަލީ ޙުސައިން

13 Jun 2021 | 10:20

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން އެކަމާ ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

އަލީ ޙުސައިން ޓްވިޓާގައި ވިދާޅުވީ، ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް ބައްސާ ހަދާކަށްނުޖެހޭ ކަމަށެވެ. އަދި ސަރުކާރު ޒިިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަންތިބޭ ބަޔަކު ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާކުރުމަކީ ދެރަވަރު ކަމެއް ކަމުގައި ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ.

ޢަލީ ޙުސައިންގެ މި ޓްވީޓުގައި ރައްދު ދެއްވާފައި އެވަނީ، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފު ދެއްކެވި ވާހަކަފުޅަކަށްކަން އެނގެއެވެ.

އަލިފުށީ ދާއިރާގެ މެންބަރު، އެމްޑީޕީގެ މަސައްކަތް ދެބައި ވެއްޖެކަމަށް ވިދާޅުވުމާއި ގުޅިގެން، އެމްޑީޕީގެ އެތެރޭގެ ކޯޅުމާއި ނުތަނަވަސްކަން އޮތް މިންވަރު ހާމަ ކޮށްދެއްވަމުން، ޗެއަރ ޙަސަން ލަޠީފު ވިދާޅުވެފައިވަނީ، މަސައްކަތް ދެބައިވީ، އެމްޑީޕީން ވަޢުދުވި ކަންކަން ކުރަން ސަރުކާރު ބޭނުން ނުވީމަ ކަމަށެވެ. އަދި އެމްއެމްޕީއާރްސީއާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ ކަމަށާއި އަދި ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރު ކޮށްލީމަ ކަމަށެވެ.

ޙަސަން ލަޠީފު އިތުރަށް ވިދާޅުވީ، ޕާޓީ ދެބައިވީ، ޖުމުލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުމުން ކަމަށެވެ.

ފޮޓޯ: މިހާރު  

Advertisement

ކޮމެންޓް

Advertisement