ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހުއްޓާލައިފި

28 Dec 2018 | 21:47

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް އާޕާޓީގެ މަސައްކަތައް ފުރުސަތު ދިނުމުގެ ގޮތުން މެދުކަނޑާލައިފިއެވެ.

ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް މިރޭ ވިދާޅުވިގޮތުގައި މިގޮތަށް ނިންމީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ މުޅިރާއްޖޭގައި މެމްބަޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާތީ ކަމުގައެވެ.

އަދި ޕީޕީއެމްގެ ހަރަކާތްތައް އަލުން ފެށޭނެ ތާރީހް ފަހުން ޢިއުލާނުކުރެވިގެންދާނެކަމަށް މުންދު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދެއްވާފައެވެ. އެއާއެކު ޕީޕީއެމް ގެ މައި އޮފީހުގައި ޕީއެންސީއަށް ސޮއިކުރުމުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދާކަންފާހަގަކޮށްލަނަޖެހެއެވެ.

ޕާޓީ އުފެއްދުމަށް ހުއްދަ ދިންތާ 24 ގަޑި އިރުތެރޭ 3000 ފޯމް ހަމަކޮށްފައިވާ ކަމަށް ޕީއެންސީއިން ހާމަކުރައްވައެވެ.

މުންދު ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މެދުކަނޑާލީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމަށް އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމާ މުޅިރާއްޖޭގައި މެމްބަޝިޕް އިތުރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާތީ ކަމުގައެވެ.

ރައީސް ޔާމީން އިސްކޮށް ހުންނަވާ އުފެއްދުމަށް މަސައްކަތް ކުރަމުންގެންދާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް 3000 މެމްބަރު ހަމަކޮށްފިކަމަށް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިދާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަށް އަބްދުއްރަހީމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ އިއްޔެއެވެ.

Advertisement

ކޮމެންޓް

Advertisement