މިހާރު އޮތް އެއްވެސް އެއަރޕޯޓެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ސަރުކާރަކު ނެތް: ފައްޔާޒް

14 Jun 2021 | 22:04

ދިވެހި ސަރުކާރުން ހަދާ ނިންމާ އޮޕަރޭޝަނުގައި އޮތް އެއްވެސް އެއަރޕޯޓެއް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ސަރުކާރަކު ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ފައްޔާޒު ވިދާޅުވީ، މިހާރު ހިންގަމުންދާ ގިނަ އެއަރޕޯޓުތައްވެސް ހިންގަނީ ގެއްލުމުގައި ކަމަށާއި، އެހެންނަމަވެސް އެ ތަންތަންވެސް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ނެތްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް، އަލަށް ހަދަން ނިންމާފައިވާ ބައެއް އެއަރޕޯޓުތައް ހެދުމަށް ޝައުގުވެރިކަން ބޭރުގެ ކުންފުނިތަކުން ފާޅުކޮށްފައިވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒުވަނީ، އެއަރޕޯޓް ސެކިއުރިޓީއާއި، އެއާޕޯޓް އެއަރ ޓްރެފިކިންއާއި މިފަދަ އެއްވެސް ކަމެއް ބޭރުގެ އެއްވެސް ބަޔަކަށް ދިނުމުގެ ވިސްނުމެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް