ކޮވިޑް-19އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 372 މީހުން!

14 Jun 2021 | 22:31

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު 372 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 372 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 125 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 215 މީހަކާއި، ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 30 މީހުންނާއި ލިވްއަބޯޑްތަކުން ޕޮޒިޓިވްވި މީހަކާއި ސިނާއީ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 70،673 އަށް އަރާފައިވާއިރު، މި ބައްޔަށް 82 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 61،761 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement