އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ޝަރީފް އިސްތިއުފާދެއްވައިފި

15 Jun 2021 | 13:10

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްތިއުފާދެއްވައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން މިއަދު އިސްތިއުފާދެއްވާފައިވާ ކަމަށާއި، ވޭތުވެދިޔަ ތިން އިންތިޚާބުގައި އިޚްލާސްތެރި އަމާނާތްތެރިކަމާއެކު މަސައްކަތް ކޮށްދެވުނުކަމުގެ ހިތްހަމަޖެހުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ޚިދުމަތުގައި ފެންނާނެކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޝަރީފް މީގެކުރިންވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއި އެކު ކޮމިޝަނުން ވަކިވެ ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރި ވެފައިވާ ޝަރީފް މީގެކުރިން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމު އަދާކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް