Advertisement

ބޮޑެތި މައްސަލަތައް ކޮޅެއްގައި ނުޖެހެނީ ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުން: މެންބަރު އިންތި

15 Jun 2021 | 12:54

ޖިނާއީ ބޮޑެތި މައްސަލަތަކުގައި މިހާތަނަށް އިންސާފާއި ހަމައަށް ގޮސްފައިނުވަނީ މުޅި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ގަސްތުގައި އިޙްމާލުވުމުންކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަށްކޮށްލުމަށް ދިން ހަމަލާއަށް މަހެއްވީ އިރުވެސް ހަމަލާގެ ފަހަތުގައި ތިބި މީހުންނާއި ފަންޑުކުރި މީހުން ހޯދިފައިނުވާތީ އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

"ގިނަ ބޮޑެތި ޖިނާއީ މައްސަލަ ތަކުގައި މިހާތަނަށް ކޮޅެއްގައި ނުޖެހި "ހަތަރެސްކަން ހަމަވެފައި" ވަނީ މުޅި ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން ގަސްތުގައި އިޙްމާލުވުމުން. ފަންޑުކުރި މީހުން ކޮބައިހޭ އާއިލާއާއި ހެޔޮ އެދޭ މީހުން ގޮވާތީ ބޮލަށް އުނދަގޫވާނެ ކަމެއް ނެތް"އިންތި ވިދާޅުވިއެވެ.

މާލޭގެ ނީލޯފަރު މަގުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިހުރި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާގައި ރައީސް ނަޝީދަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. މި ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް މިވަގުތު ޖަރުމަނުވިލާތުގައި ގެންދަވަނީ އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement