ކޮވިޑް-19އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 224 މީހުން!

15 Jun 2021 | 22:29

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 224 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 224 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 111 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 105 މީހަކު އަދި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 8 ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 70،897 އަށް އަރާފައިވާއިރު، މި ބައްޔަށް 79 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 62،533 އަށް އަރާފައެވެ.

Advertisement

ކޮމެންޓް