ސެލޫންތައް ހުޅުވަން ހުއްދައަށް އެދެން ހުޅުވާލައިފި

16 Jun 2021 | 10:14

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް މަޝްވަރާކުރަމުން އަންނައިރު، މާލެ ސަރަޙައްދުގައި ޚިދުމަތް ދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުސޫލުން ޚިދުމަތްދޭ ގޮތަށް ހުޅުވައިގެން ޚިދުމަތް ދިނުމުގެ ފުރުޞަތަށް އެދެން ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވިދާޅުވީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް މާލެ ސަރަޙައްދުގައި އެޅިފައިވާ ފިޔަވަޅުތަކަށް 16 ޖޫން 2021 (މިއަދު)ން ފެށިގެން ލުއިދިނުމުގެ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި ޚިދުމަތްދެމުންދާ ބޯކޮށާ ތަންތަނާއި ސެލޫންތައް އެޕޮއިންޓްމަންޓު އުސޫލުން ޚިދުމަތްދޭގޮތަށް ހުޅުވައިގެން ޚިދުމަތްދިނުމުގެ ފުރުޞަތު މިހާރުވަނީ ދެވިފައިވާކަމަަށެވެ.

އެހެންކަމުން އެޕޮއިންޓްމަންޓު އުސޫލުން ޚިދުމަތް ދިނުމަށް ބޭނުންވާ ބޯކޮށާތަންތަނާއި ސެލޫންތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލެއް ތައްޔާރުކޮށް [email protected] މެއިލް ކުރުމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

އަދި އެއުސޫލު ތައްޔާރުކުރާއިރު ތަނުގައި މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ގަޑިތަކާއި ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން ދުވާލެއްގެ މައްޗަށް ޚިދުމަތް ދެވޭ މީހުންގެ އަދަދާއި އެޕޮއިންޓްމަންޓު ހެދުމަށް ކަނޑައަޅާ ގޮތުގެ މަޢުލޫމާތާ ހިމަނަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

Advertisement

ކޮމެންޓް