ބީއެމްއެލްގެ އެޕަށް އާ ފީޗަރތަކެއް ތަޢާރަފުކުރަނީ

16 Jun 2021 | 21:57

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިންގ އެޕްލިކޭޝަނަށް އާ ފީޗަރތަކެއް ތަޢާރަފުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އާ ފީޗަރތަކާއެކު މޯބައިލް ބޭންކިންގ އެޕް ގެނެސްދެވޭނެ ކަމަށެވެ. ބޭންކުން ބުނީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ ބައިތައް ހިމެނޭ މި އެޕްއާ އެކު، ބޭންކްގެ ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ވެގެންދާނެކަމަށެވެ.

އެގޮތުން ބޭންކްގެ ޚިދުމަތްތަކަށް އެދުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްްއެލްއަކީ ދިވެހިރާއްޖެއަށް މޯބައިލް ބޭންކިންގ އެޕްލިކޭޝަނެއް އެންމެ ފުރަތަމަ ތަޢާރަފުކުރި ބޭންކެވެ. އެގޮތުން 2015ވަނަ އަހަރު ތަޢާރަފުކުރި މި އެޕްލިކޭޝަނަކީ ގިނަބަޔަކު ބޭނުންކުރަމުންދާ އެއްޗެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ ބޭންކަށް ވަނީ ވެފައެވެ.

Advertisement

ކޮމެންޓް