ސަރުކާރު ބަދަލުވުމުން ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ސިޔާސަތު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއްނޫން: މުޢިއްޒު

16 Jun 2021 | 21:59

ސަރުކާރު ބަދަލުވިއަސް ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ސިޔާސަތު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، ހައުސިން މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަސްލަމް އާއިއެކު ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މުޢިއްޒު ވިދާޅުވީ، ސަރުކާރު ބަދަލުވިޔަސް، ރައީސް ޔާމީނުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއްގެ ސިޔާސަތު ބަދަލުކުރުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި، އެފަދަ ގޮތަކަށް ބަދަލުކުރާ ނަމަ، އެމީހުންނަށް އެހެން ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށެވެ.

އެގޮތުން އެއް ކޮޓަރީގެ ފުލެޓުތައް ކަނޑައަޅާފައިވާ ކެޓަގަރީތައް މި ސަރުކާރުން އުވާލުމުން އެ ކެޓަގަރީތަކުން ފުލެޓުތައް ލިބުނު މީހުންނަށް އެހެން މަޝްރޫޢުއަކުން ބޯހިޔާވަހިކަން ހޯދައިދޭން ޖެހޭނެ ކަމަށްވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު އެއް ކޮޓަރީގެ ފުލެޓުތަކަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރެއިން އިސްކަމެއް ދިނުމުގެ ވިސްނުމެއް ނެތްކަމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް