ހެންވޭރުގެ ގެއެއްގެ ތިންވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓިއްޖެ

17 Jun 2021 | 04:52

މާލޭގެ ހެންވޭރުގެ ގެއެއްގެ ތިންވަނަ ފަންގިފިލާއިން ދިވެހި އަންހެނަކު ވެއްޓިއްްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 00:39 ހާއިރުކަމަށެވެ. މި އަންހެންމީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ.

މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ ތެރޭގައިވެސް މާލެ އަދި ހުޅުމާލޭގެ އިމާރާތަކުން މީހަކު ވެއްޓުމުގެ ހާދިސާތަކެއް ހިނގާފައިވެއެވެ.

Advertisement

ކޮމެންޓް