ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްގެ ޚާއްސަ ސްޓިމިއުލަސް ލޯނެއް!

17 Jun 2021 | 18:37

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ލޯނުތަކެއް ފޯރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.

މިއީ 27 މޭ 2021 ވަނަ ދުވަހު ސަރުކާރުން އިއުލާންކުރެއްވި ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ތައާރަފްކުރެވޭ ލޯން ސްކީމެކެވެ.

މި ބަލިމަޑު ކަމާ ގުޅިގެން މާލީ ގޮތުން ގެއްލުން ލިބިފައިވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ކޮވިޑް-19 އެކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެއެވެ. މިއީ %6 ކުޑަ އިންޓަރެސްޓެއްގައި ދޫކުރެވޭ ލޯނެކެވެ. ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

20 ޖޫން 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން މި ލޯނަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަމުންދާނެއެވެ. 

މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

Advertisement

ކޮމެންޓް