Advertisement

ތެޔޮބޯޓެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާންފަށައިފި

17 Jun 2021 | 20:07

4.5 މިލިއަން ލީޓަރުގެ ތެޔޮ ހިފައިގެން ދަތުރުކުރި ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްވާން ފަށައިފިއެވެ.

އެންއެންޑީއެފްއިން ވިދާޅުވީ، ދިޔަވަމުން ދަނީ އެސްޓީއޯގެ ތެޔޮއުފުލާ ބޯޓެއް ކަމަށްވާ "އެމްވީ އަލިމަސް"އަށް ކަމަށެވެ.

ގދ. ފަރެސް-މާތޮޑާގައިރީ އޮތް މި ބޯޓު ދިޔަވާ މައުލޫމާތު އެމްއެމްޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު ހަވީރު 17:10 ގައެވެ.

އެ ބޯޓުގައި 4.5 މިލިއަން ލިޓަރު ތެޔޮ ހުރިކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އެއީ 4322.735 ކިލޯ ލީޓަރު ޑީސަލް އަދި 456.514 ކިލޯލީޓަރު ޕެޓްރޯލެވެ.

Advertisement

ކޮމެންޓް