Advertisement

ބިދޭސީ މީހާގެ ހަށިގަނޑުވަނީ ވަރަށް ބޮޑަށް ފިހިފައި: އައިޖީއެމްއެޗް

17 Jun 2021 | 19:57

މިއަދު ހެނދުނު މާލެސިޓީ ދެކުނު ފަރާތުން މޭރީބްރައުން ކައިރި ފަޅުތެރޭ އަޅާފައި އޮތް 3 ލޯންޗެއްގައި ރޯވެ ނުރައްކާތެރި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކުގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

އައިޖީއެމްޗުން ބުނީ، ހާދިސާގައި ފިހުނު ބިދޭސީ މީހާގެ ހަށިގަނޑުގެ 25 ޕަސެންޓު ފިހިފައިވާކަމަށާއި ބިދޭސީމީހާ އަކީ 25 އަހަރުގެ ފިރިހެނެއް ކަމަށާ، މިހާރުވެސް އެ ބިދޭސީ މީހާއަށް އަންނަނީ އެމަޖެންސީ ރޫމުގައި ފަރުވާދެމުން ކަމަށެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފަޅުގައި އޮތް ފަސް ލޯންޗަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފްއަށް މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 6:13 ގައިކަމަށް ވިދާޅުވި އެވެ. މިހާރު އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވަނީ 6:45 ހާއިރުއެވެ.

މިއަލާނުގެ ހާދިސާގައި އެސަރަހައްދު ފަޅުގައި އަޅާފައި އޮތް 6 ލޯންޗަކަށް އެކިވަރުގެ ގެއްލުންވަނީ ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް