އުރީދޫ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވަރގެ ޚިދުމަތް ތަޢާރަފްކޮށްފި

17 Jun 2021 | 21:13

އުރީދޫ މޯލްޑިވްސްއިން ޑޭޓާ ރޯލްއޯވަރގެ ޚިދުމަތް ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ އެންމެހާ ކަސްޓަމަރުންނަށް މިއަދު ތައާރަފްކޮށްފިއެވެ.

މި ހިދުމަތް ހޯމް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ތައާރަފް ކުރެވިފައި މިވަނީ ޕެންޑެމިކްއާއި ގުޅިގެން ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރާވަރު އިތުރު ވެފައިވާ މި ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުންނަށްވެސް އިތުރު ލުއިގޮތްތައް ހޯދާ ފިނުމުގެ ގޮތުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

​​އުރީދޫއިން މިގެނައި ބަދަލާއި އެކު، ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި ޚިދުމަތްލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ޚިދުމަތާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކޮށް ހުރި ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އެއްވެގެންދާނެއެވެ. ޕްރިޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ހޯދާލުމަށް ޕެކޭޖްގެ ވެލިޑިޓީ ހަމަ ވުމުގެ ކުރިން ނަންގަވާފައިވާ ޕެކޭޖް އަލުން އެކްޓިވޭޓް ކޮށްލުމުން ބޭނުންނުކޮށް ހުރި ޑޭޓާ އަނެއް މަހުވެސް ބޭނުންކުރެވޭނެއެވެ.

​​ޑޭޓާ ރޯލްއޯވަރގެ އިތުރުން ބޮޑެތި ޑޭޓާ އެލަވަންސް އާއި އެކު އައު ދެ ޕްލޭންވެސް އުރީދޫއިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭންތައް ނަންގަވާ ފަރާތްތަކަށް ޚާއްޞަ އޮފަރއެއްގެ ދަށުން %20 އިތުރު ބޯނަސް ޑޭޓާވެސް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިންވަނީ ދާދި ފަހުން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލްއޯވަރ ގެ ޚިދުމަތް ތައާރަފްކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement