Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 218 މީހުން!

17 Jun 2021 | 23:19

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު އަލަށް 218 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 218 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 86 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 116 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 13 މީހުން އަދި ތަރައްގީކުރަމުންދާ ރަށްތަކުން ޕޮޒިޓިވްވި 3 މީހަކު ހިމެނެއެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 71،356 އަށް އަރާފައިވާއިރު، މި ބައްޔަށް 67 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 64،214 އަށް އަރާފައެވެ.

Advertisement

ކޮމެންޓް