ސްޕޮންސަރ ފުޅިތައް ނުނަގަން ޔުއެފާއިން އަންގައިފި

18 Jun 2021 | 11:06

ނޫސްވެރިންގެ ބައްދަލުވުންތަކުގައި މޭޒުމަތީގައި ބަހައްޓާފައި ހުންނަ ސްޕޮންސަރ ބުއިންތައް ނެގުމަކީ މަނާކަމެއް ކަމަށާއި އެގޮތަށް ކަންކުރާ ކުޅުންތެރިން ނިސްބަތްވާ ޓީމުތަކަށް މީގެފަހުން ފިޔަވަޅު އަޅަންް ޖެހިދާނެކަމަށް ޔުއެފާއިން ބުނެފިއެވެ.

މިހާތަނަށް މި މުބާރާތުގައި ތިން ފަހަރެއްގެ މަތިން މިފަދަ ކަމެއް ހިނގާފައިވެއެވެ. އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި މޭޒުމަތީގައި ބަހައްޓާފައި ހުރި ދެ ކޯކު ފުޅި ނެގުމަށްފަހު ފެންފުޅިއެއް ބަހައްޓާފައެވެ. މިއާއެކު ކޯޗު ކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުމެއްވިއެވެ.

އޭގެފަހުން ފްރާންސްގެ ޕައުލް ޕޮގްބާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި މުބާރާތުގެ އެއް ސްޕޮންސަރ ހައިނެކެން ބިޔަރު ފުޅި މޭޒުމަތިން ނަގާފައެވެ. މި މައްސަލައިގައި އެ ކުންފުނިންވެސް ތިބީ ރުޅި ހަދާލައިގެންނެވެ. އަދި ރޮނާލްޑޯގެ ފަހަތުން އިޓަލީގެ ލޮކަޓެލީވެސް ވަނީ މޭޒުމަތިން ކޯކު ފުޅި ނަގާފައެވެ.

ޔުއެފާއިން ވަނީ މުސްތަގްބަލުގައި މިފަދަ ކަންކަން ނުވާނެ ގޮތަކަށް ކުޅުންތެރިންގެ ބައްދަލުގައި އެ ކުޅުންތެރިއެއް ނިސްބަތްވާ ޓީމަކަށް ފިޔަވަޅު އަޅާގޮތަށް އުސޫލުތަކެއް ހަދަމުންނެވެ. މިހާތަނަށް އައި އިރުވެސް އެފަދަ ކަމެއް ހިނގައިފިނަމަ އަޅާނެ ފިޔަވަޅެއް ގަވާއިދުގައެއް ނެތެވެ.

"ކުޅުންތެރިންނަށް ވަކިވަކިން ފިޔަވަޅު އަޅަން ބޭނުމެއްނޫން، ކޮންމެ ޓީމެއްވެސް މުބާރާތުގައި ބައިވެރިވީ ގަވާއިދަކަށް އެއްބަސްވެގެން، ދެން ކުރިޔަށްއޮތް ތަނުގައި ޓީމުތައް މެދުވެރިވެގެން އެ މުއާމަލާތްތައް ހިންގާނީ" ޔޫރޯގެ ހިންގާ ކޮމެޓީގެ މެމްބަރަކު ބުންޏެވެ.

Advertisement

ކޮމެންޓް

Advertisement