Advertisement

ޔޫރޯ 2020: ޗެކް ރިޕަބްލިކާއި އެއްވަރުވެ ކްރޮއޭޝިއާއަށް ބޮޑު ހުރަހެއް

18 Jun 2021 | 23:22

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކާއި 1-1 އިން އެއްވަރުވެ ދެވަނަބުރަށް ދިއުމަށް ކްރޮއޭޝިއާ ކުރަމުންދާ އުއްމީދުތަކަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ގްރޫޕުގައި ކްރޮއޭޝިއާ ކުޅުނު ފުރަތަމަ މެޗުގައި އިންގްލޭންޑް އަތުން ވަނީ ބަލިވެފައެވެ. މި ނަތީޖާއާއެކު ޗެކް ރިޕަބްލިކް އޮތީ ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އިންގްލޭންޑް އޮތީ ތިން ޕޮއިންޓާއެކު އެވެ.

މެޗު ފަށައިގެންވެސް ނުރައްކާކުރަމުން ދިޔައީ ޗެކް ރިޕަބްލިކެވެ. އެ ޓީމުން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މއީ ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ކްރޮއޭޝިއާގެ ލޮވްރެންގެ އުޅަނބޮށިން ޝިކްގެ މޫނުމަތީގައި ޖެހުމުގެ ސަބަބުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޝިކް ވަނީ މި ޕެނަލްޓީ ފަސޭހަކަމާއެކު ކާމިިޔާބުކޮށްފައެވެ. މިއީ މިފަހަރުގެ ޔޫރޯގައި ޝިކް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމުނީ ޗެކް ރިޕަބްލިކް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ހާފު ފެށުނުތާ ދެ މިނެޓެއްހާއިރު ތެރޭގައި ކްރޮއޭޝިއާ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ ޕެރިސިޗް އެވެ.

މި ގްރޫޕުގައި ކްރޮއޭޝިއާގެ ފަހު މެޗުގައި ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ. އަދި ޗެކް ރިޕަބްލިކްގެ ފަހު މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާއެވެ.

Advertisement

ކޮމެންޓް