Advertisement

ޔޫރޯ 2020: ސްކޮޓްލޭންޑާއި އިންގްލޭންޑް ނިމުނީ އެއްވަރުވެގެން

19 Jun 2021 | 02:36

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑުން ވަރުގަދަ އިންގްލޭންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު މި މެޗުގެ މި ނަތީޖާއާއެކު އިންގްލޭންޑް އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ޑީގެ ދެވަނައިގައެވެ.

މި ގްރޫޕުގެ އެއްވަނައިގައި ޗެކް ރިޕަބްލިކް އޮތީ ހަތަރު ޕޮއިންޓާ އެކުއެވެ. އަދި ތިންވަނައއިގައި ކްރޮއޭޝިއާ އާއި ހަތަރުވަނައިގައި ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކު އެވެ. މި ގްރޫޕުން ހަތަރު ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލޭންޑް ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އަދި ކްރޮއޭޝިއާ ނިކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސްކޮޓްލޭންްޑް ޓީމުން ވަނީ ވަރަށް ރަނގަޅު ޑިސިޕްލިން ކުޅުމެއް ކުޅެފައެވެ. ހާއްސަކޮށް ޑިފެންސަށް ބޮޑު ސަމާލުތަކެއް ދީ ސްކޮޓްލޭންޑުން ވަނީ އިންގްލޭންޑުގެ ފޯވާޑް ލައިން ވަރަށް ރަނގަޅަށް ހިފަހައްޓާފައެވެ.

މި މެޗުގައި އިންގްލޭންޑް ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ސްކޮޓްލޭންޑުގެ ޑިފެންސްލައިނާއި ހިސާބުން އިންގްލޭންޑް ކުޅުންތެރިން އަތުން ބޯޅަ ގެއްލެއެވެ. މުޅި މެޗުގައި ވެސް އިންގްލޭންޑަށް ލީޑުނަގަން ރަނގަޅު އެއް ފުރުސަތު ލިބުނެވެ. އެ ބޯޅަ ޖެހުނީ ހުރަސް ދަނޑީގައެވެވ.

Advertisement

ކޮމެންޓް