ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް މިވަގުތު ވަކި ބަދަލެއް ގެންނަވަން ރައީސް ގަސްދެއް ނުކުރައްވާ: ޝާހިދު

22 Jun 2021 | 01:30

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުވުމާއި އެކު، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް މިވަގުތު ބަދަލެއް ގެނައުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ނުގެންގުޅުއްވާކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަވައިގެން "ވޮއިސް"އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ރައީސް ޞާލިހު މިވަގުތު ވަކި ބަދަލެއް ގެންނަވަން ގަސްދެއް ނުކުރައްވާކަމަށެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވުމަކީވެސް މަޤާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެކަށައެޅުއްވި ޚާރިޖީ ސިޔާސަތަށް ދުނިޔޭގެ ތާއީދު އޮތް މިންވަރު ފެނިގެންދިޔަކަމެއްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި މުޅި ދުނިޔެއިންވެސް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގަބޫލުކޮށްފައިވާކަމަށް ދެކިވަޑައިިގަންނަވާކަމަށްވެސް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ މިނިސްޓަރ ޝާހިދު އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނާނެކަމަށް ބުނަމުންނެވެ. އެގޮތުން އިޒްރޭލް ފަދަ ޤައުމުތަކާއި އެކުގައި ރާއްޖެއިން ގުޅުން ބަދަހި ކުރާނެކަމުގެ ތުހުމަތުގެ އިނގިލިތައް ދަނީ ދިއްކުރެވެމުންނެވެ. މިކަމަށް ދިވެހި ސަރުކާރުން ވަނީ އިންކާރުކޮށްފައެވެ.

Advertisement

ކޮމެންޓް