14 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރަނީ

19 Jun 2021 | 11:28

އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި 11-14 މެގަވޮޓް އިރުގެ އަލިން ހަކަތަ އުފައްދާ (ސޯލަރ) ހަކަތަ ނިޒާމް ޤާއިމުކުރުމަށް ހުޅުވާލައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ, ލ. އަތޮޅުގެ 10 ރަށް ހިމެނޭހެން ޖުމްލަ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަން އިންވެސްޓަރުންނަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދިޔުމަށް ހަމަޖެހިފައި 14 ރަށެއްގެ ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމަކީ, އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓްގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕޮރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މި ނިޒާމު ޤާއިމުކުރެވޭ ރަށްތަކަކީ:

1 ގއ. ވިލިނގިލި

2. ދ. ކުޑަހުވަދޫ

3. ށ. ފުނަދޫ

4. ޅ. ނައިފަރު

5. ލ. ފޮނަދޫ

6. ލ. ގަން

7. ލ. ހިތަދޫ

8. ލ. މާމެންދޫ

9. ލ. ކުނަހަންދޫ

10 ލ. މާބައިދޫ

11. ލ. ދަބިދޫ

12. ލ. މާވަށް

13. ލ. އިސްދޫ

14. ލ. ކަލައިދޫ

މި މަޝްރޫޢަށް ޕްރީ-ކޮލިފިކޭޝަނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެމްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރީންނެވެ.މި މަޝްރޫއަށް ބީލަން ހުށަހެޅަންޖެހޭ ގޮތުގެ ތަފްސީލާއި އެކު މަޝްރޫއުގެ މައޫލޫމާތު ފިނޭންސް މިނިސްޓްރީގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.

Advertisement

ކޮމެންޓް