Advertisement

މާފުށީ ޖަލުގައި ޖޭމަރުތައް ހަރުކުރަނީ

19 Jun 2021 | 11:07

މާފުށީ ޖަލުގައި ގައިދީން ބައިތިއްބާ ގޮޅިތަކަށް މޯބައިލް ނެޓްވޯކް ނުލިބޭނެ ގޮތެއް ހެދުމުގެ ގޮތުން އަހަރު ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ޖަލުތަކުގެ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ގައިދީން ތިބޭ ގޮޅިތަކަށް ނެޓްވޯކު ނުލިބޭގޮތް ހެދުމުގެ މަސައްކަތުގެ ދަށުން ޖޭމަރުތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ޖަލުތަކުގައި ގައިދީން ފޯނު ބޭނުންކުރިޔަ ނުދިނުމަށާއި، މީގެ ކުރިންވެސް ޖަލުގައި ޖޭމަރު ހަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ޙައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޖޭމަރުތައް އޭރު ހުރީ ޖަލުގެ ވަށާފާރުގެ މަތީގައިކަމަށާއި އެތަނަކީ މޫދާއި ކައިރިތަނަކަށްވުމުން ގިނަ އެއްޗެހި ދަބަރުޖަހައި ހަލާކުވެފައިވާކަމަށްވެސް ކޮމިޝަނާރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

އަޙުމަދު ވިދާޅުވީ، ރާއްޖޭގެ ކޮންޓެކްސްޓުގައި ޖަލު އޮޕަރޭޓްކުރާ ތަންތަނުގައި ބޭނުންކުރަން އެންމެ ރަނގަޅުވާނީ ކޮންކޮން އާލާތްތަކެއްތޯ މިހާރު ދިރާސާކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެކަންކަން އިމްޕްލިމެންޓް ކުރެވޭނެ ކަމަށެވެ.

ޖަލުތަކުގެ ސަލާމަތީ ކަންކަން ހުއްޓުވަމަށް އެކި ދުވަސްތަކުގެ މަތިން ޖަލުތަކުގެ ގޮޅިތައް ބަލާފާސްކޮަށް އެތަކެތި މޯބައިލް ފޯނުފަދަ ތަކެތި އަތުލާފައިވެއެވެ. އެގޮތުން ދާދިފަހުން ރައީސް ނަޝީދު އަވަހާރަކޮއްލަން ދިން ބޮމުގެ ހަމާލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މާލެ ޖަލާއި މާފުށީ ޖަލުން ވަނީ ސާޅީހަށްވުރެ ގިނަ ފޯނު ވަނީ ފެނިފައެވެ.

Advertisement

ކޮމެންޓް