Advertisement

އުރީދޫގެ ކަސްޓަމަރުން ބޭނުންވާނެ ހުރިހާ ޚިދުމަތެއް އެއް އެޕަކުން!

19 Jun 2021 | 19:05

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖެ ކަހަލަ ގޮތަކަށް މިވަނީ "ހުއްޓުމަކަށް" އަތުވެފައެވެ. ގިނަބަޔަކު ގޭގައި ތިބެންޖެހިފައިވާއިރު، ގުޅުންތައް ބަދަހިކޮށްދޭން އޮތް އެންމެ ބޮޑު ގޮތަކީ ތަފާތު މުއާސަލާތީ ނިޒާމްތަކާއި ވަސީލަތްތަކެވެ. ކަންމިހެން އޮތްއިރު، 21ވަނަ ގަރުނުގެ ދުނިޔޭގައި ހުރިހާ ކަމެއް ބަރޯސާވެފައި މިވަނީ އިންޓަރނެޓަށެވެ.

މިކަން ދަނެ، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ނިޔަތުގައި އުރީދޫ މޯލްޑިވްސްއިން ވަނީ ޚާއްސަ ކަމެއް ކޮށްފައެވެ. 

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި އެ ކުންފުނީގެ ކަސްޓަމަރުންގެ ޑިޖިޓަލް އެކްސްޕީރިއަންސް އިތުރަށް ފުރިހަމަ ކުރުމަށް، އުރީދޫގެ އެހެން މޯބައިލް އެޕްތަކުގެ ޚިދުމަތްތައްވެސް އެއް އެޕްއަކުން ލިބޭނެގޮތް ހަދާފައެވެ. އެގޮތުން އުރީދޫ އެޕްއިން މިހާރު އެމް-ފައިސާ، މޫލީ އަދި ސެލްފް ކެެއަރގެ އެހެނިހެން ޚިދުމަތްތައް ލިބޭނެގޮތް ހަދާފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން ބްރޯޑްބޭންޑްގެ ކަސްޓަމަރުން ބޭނުންވާނެ ސެލްފްކެއަރ އަދި ހުރިހާ ކަސްޓަމަރުން އެދޭ ކަސްޓަމަރ ސަރވިސްގެ ޚިދުމަތްތައްވެސް އުރީދޫ އެޕްއިން ލިބޭނެކަމަށް ވަނީ ބުނެފައެވެ.

އެކުންފުނިން ބުނިގޮތުގައި އުރީދޫ އެޕްއިން މިހާރު ރީޗާޖްކޮށް، މޫލީއިން ކޮންމެ ގަޑިއެއްގައިވެސް ޒަރޫރީގޮތުން ބޭނުންވާ އެއްޗެހި ގަނެ، ކަރަންޓާއި ފެން ބިލް ދައްކައި، އެހެނިހެން މުހިންމު ބިލްތައް ދެއްކުމުގެ އިތުރުން، އެމް-ފައިސާ މެދުވެރިކޮށް އާއިލާ އަދި ރަހުމަތްތެރިންނަށްވެސް ފައިސާ ފޮނުވޭނެއެވެ.

މީގެ އިތުރުން ޚިދުމަތުގެ މައްސަލައެއް އުޅޭނަމަ އެކަން ކަސްޓަމަރ ސަރވިސްގެ ސަމާލުކަމަށްވެސް އުރީދޫ އެޕް މެދުވެރިކޮށް ގެނެވޭނެގޮތް ވަނީ ހަދާފައެވެ. އުރީދޫއިން ބުނި ގޮތުގައި އެޕް ނެތް ކަސްޓަމަރުންވެސް ވެބްސައިޓް މެދުވެރިކޮށް ހުރިހާ ޚިދުމަތްތައް ހޯދޭނެއެވެ.

Advertisement

ކޮމެންޓް