ޚިޔާނާތުގެ މައްސަލަ ބަލައިފިނަމަ ފައިސާގައި ޖެހުނު އެއްވެސް މީހަކު މިއުޑު ދަށުގައި ނެތްކަން އިނގޭނެ: ދިޔާނާ

19 Jun 2021 | 19:43

ޚިޔާނާތުގެ މައްސަލަ ބަލައިފިނަމަ އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު އެއްވެސް މީހަކު މިއުޑު ދަށުގައި ނެތްކަން އިނގޭނެ ކަމަށް ބަންޑާރަ ނާއިބު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލާގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގައި އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ޕީޖީ އޮފީހުން އޭސީސީ އަށް އެންގުމާ ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،  ތެދު ތެދަށް ހިޔާނާތުގެ މައްސަލަ ބަލައިފިނަމަ އެމްއެމްޕީއާރްސީގެ ފައިސާގައި ޖެހުނު އެއްވެސް މީހަކު މިއުޑު ދަށުގައި ނެތްކަން އިނގޭނެ ކަމަށެވެ.

"ބޮޑަށް ރަނގަޅުވާނީ ރައްޔިތުންގެ ފައިސާ އިން ބޭކާރު ހަރަދުކުރުން ހުއްޓާލައި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އުވާލުން" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ، ބަހައްޓަންވީ ހަމައެކަނި ޕީޖީ އޮފީސް ކަމަށާއި އެއީ އެ އޮޮފީހަށް އުފެއްދުންތެރި ދައުރެއް އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފަށް ދަޢުވާ ކޮށްދިނުން އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން އެދިފައިވަނިކޮށް، މަޚްލޫފް މިނިސްޓަރު ކަމުގެ މަޤާމުން އެކަހެރިވުމަށް ވަނީ އަންގާފައެވެ.

އޭސީސީން ބުނީ މަޚްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000.00 އެމެރިކާ ޑޮލަރު އަކީ، ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއް ކަމަށް ބުނެ އެސް.އޯ.އެފް ނަމުގައި ތައްޔާރުކޮށްފައިވާ “ޕޭމަންޓް ރިސީވްޑް” ލިޔުމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އަށް އަޙްމަދު މަޚްލޫފުގެ ފަރާތުން ހުށަހަޅާފައި އޮތްނަމަވެސް، ތަޙުޤީޤުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގޭކަށް ނެތްކަމަށެވެ.

Advertisement

ކޮމެންޓް