Advertisement

ލާދީނީ ބިލު ފާސްކުރާކަށް ލާހިކެއް ނޫން. ޖެހޭނީ ފަހަތަށްޖެހި ސައިޒުވާން:މަލީޙު

20 Jun 2021 | 01:29

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލު ފާހެއް ނުކުރެވޭނެ ކަމަށާއި، ޖެހޭނީ ފަހަތަށްޖެހި ސައިޒުވާން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙު މިހެން ވިދާޅުވެފައިވާއިރު ޙިސާންގެ ބިލު ފާސްކުރަން މަޖިލީހުގައި ތަޅުމުގައި މިހާރުދަނީ ބަހުސް ފަށާފައެވެ.

މަލީޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރުވެސް 23 ޑިސެމްބަރު އަންނާނެކަން ހަދާނުން ކައްސާލައިގެން ނުވާނެ ކަމަށާއި ފިލާވަޅު އަމިއްލަޔަށް ދަސްނުކޮށްފިއްޔާ ރައްޔިތުން ނިކުމެ ފިލާވަޅު ނަގައިދޭންވެސް ފަސް ނުޖެހޭނެ ަކމަށެވެ. އަދި ލާދީނީވެސް ކިޔޭނެ ކަމަށް މަލީޙު ވިދާޅުވިއެވެ.

ނަފްރަތުގެ ބިލާއި ދެކޮޅަށް ގިނަ ބަޔަކު ފާޑު ކިޔަމުން އަންނައިރު، ސަތޭކައަށްވުރެ ގިނަ ދީނީ ޢިލްމުވެރިން ސޮއިކުރައްވައި އެބިލާއި ދެކޮޅަށް ޕެޓިޝަނެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާފައެވެ.

ޙިސާން ހުށަހެޅުއްވި ބިލާއި ގުޅިގެން އަދާލަތު ޕާޓީން ބުނީ އެބިލަކީ ޕާޓީއާއި މަޝްވަރާ ކުރުމަށްފަހު ހުށަހެޅި ބިލެއް ނޫން ކަމަށާއި، ދީނާ ގުޅުން ހުރި ކަންކަމުގައި ދީނީ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަކުން ބަސް ބުނުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅާ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. 

Advertisement

ކޮމެންޓް