މިއަދު ފެންނަނީ އަމިއްލަ އެދުމަށް އައްޑޫ ޤުރުބާން ކުރާތަން: މުޒްނީނާ

20 Jun 2021 | 18:28

މިއަދު އައްޑޫއިން ފެނިގެން މިދަނީ ބައެއްގެ އަމިއްލަ އެދުމަށް މުޅި އަތޮޅު ޤުރުބާން ކުރާ މަންޒަރުކަމަށް ޕީޕީއެމް އައްޑޫ ސްޓިއަރިން ކޮމެޓީގެ މެންބަރު އާމިނަތު މުޒްނީނާ ވިދާޅުވެއްޖެއެވެ.

އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖީއެމްއާރުގެ ފިލާވަޅުން ދިވެހިން ބައެއްގެ އަޅުވެތިކަމަށް ނުދިޔައީ އޭރުގެ ވެރިން ޤައުމާއިމެދު ވިސްނަވާ އެޅުއްވި ފިޔަވަޅުތަކުން ކަމަށެވެ. އަދި މިއަދު އައްޑޫއިން މިފެންނަނީ، ބައެއްގެ އަމިއްލަ އެދުމަށް މުޅި އައްޑޫ ޤުރުބާން ކުރާ މަންޒަރު ކަމަށެވެ.

އޭނާ ވިދާޅުވީ، މިކަމުގައި ރައްޔިތުން ތެދުވާނެ ކަމަށާއި، އިންޑިއާގެ ބޭންކުން އައްޑޫއަށް ނުހޯދުނު ތަރައްޤީއެއް ކޮންސިއުލޭޓަކުން ލިބޭނެގޮތް، އެކަމަށް ވަކާލާތު ކުރާ މީހުނަށްވެސް ބުނެ ނުދެވޭ ކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމު ކުރުމުގެ މައްސަލާގައި އައްޑޫއަށް ނިސްބަތްވާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެތެރޭގައި ޕްރޮފެސަރ އުގައިލް ފަދަ މަޝްހޫރު ބޭފުޅުންވެސް ފާހަގަ ކުރެވިފައިވެއެވެ. 

Advertisement

ކޮމެންޓް

Advertisement