"މެއި 6" ކޮމިޓީގައި ރައީސް ނަޝީދުގެ ފަރާތުން ބޭރު މީހަކު ހިމެނުމަށް އެމަނިކުފާނު އެދިވަޑައިގެންފި

20 Jun 2021 | 02:01

2021 މެއި 06 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމްޑީޕީން އެކުލަވާފައިވާ ތަހުގީގު ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ބޭރު މީހަކު ހިމެނުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

އެ ކޮމެޓީގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ހިއްސާ ކުރުމަށް މިއަދު އެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމެޓީގެ ފަރާތުން ވާހަކަ ދެއްކެވި ޙަސަން އަފީފް ވިދާޅުވީ، ރައީސް ނަޝީދު ބޭނުންފުޅުވަނީ އެ ކޮމިޓީގައި ކޮމަންވެލްތު ޤައުމެއްގައި އެފަދަ ތަހުގީގެއް ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅަކު އެ ކޮމިޓީއަށް އެމަނިކުފާނުގެ ފަރާތުން އައްޔަން ކުރަން ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސަރުކާރުން އިންޓެލިޖެންސް އޮޑިޓެއް ހަދަމުން ދާއިރު، މަޖިލީހުގެ 241 ކޮމިޓީ އިން ދަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގައި އިންކުއަރީއެއްވެސް ހަދަމުންނެވެ.

އެގޮތުން މި އިންކުއަރިއަށް މިހާތަނަށް ފުލުހުންގެ އިސް އޮފިޝަލުންނާއި، ސިފައިންގެ އިސް އޮފިޝަލުން ޙާޒިރުކޮށްފައިވެއެވެ.

އޭގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރުވެފައިވެއެވެ.

މީގެ އިތުރުން މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް ހާޒިރުވެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement