ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 211 މީހުން!

19 Jun 2021 | 23:16

ދިވެހިރާއްޖެއިން ކޮވިޑް-19އަށް މިއަދު 211 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 211 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 54 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 132 މީހަކު އަދި ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 25 މީހުންނެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 71،709 އަށް އަރާފައިވާއިރު، މި ބައްޔަށް 46 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 66،090 އަށް އަރާފައެވެ.

Advertisement

ކޮމެންޓް