Advertisement

އަވަސް އަރުވައިލައިގެން ދައުވާ ކުރުމަކީ ރަނގަޅު ގޮތެއްނޫން:ޕީޖީ ޝަމީމް

20 Jun 2021 | 11:43

މީހެެއްގެ މައްޗަށް މައްސަލައެއްގައި ދައުވާކުރުމާއި ހަމައަށްދާންވާނީ، ބަލަންޖެހޭ ކަންކަނ ބެލުމަށްފަހު ކަމަށާއި، އަވަސް އަރުވައިލައިގެން ދައުވާ ކުރުމަކީ ރަނގަޅު ގޮތެއްނޫން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީޖީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު ވިދާޅުވީ މީހެއްގެ މައްޗަށް ދައުވާ ކުރުމަކީ ވަރަށް ބޮޑު ކަމެއްކަމަށެވެ.އެގޮތުން އަވަސް އަރުވައިލައިގެން ދައުވާ ކުރުމަކީ ރަނގަޅު ގޮތެއްނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.ޝަމީމުވިދާޅުވީ، އެއްގޮތުން ބަލާއިރު ދައުވާ އަވަސް ކުރުމަކީ ރަނގަޅުކަމެއް ކަމަށާއި، އެހެންނަމަވެސް ދައުވާއަކީ މީހެއްގެ މުޅި ދިރިއުޅުމާއި ގުޅިފައިވާކަމެއް ކަމަށް ޝަމީމު ވިދާޅުވިއެވެ.

"މިސާލަކަށް މިނިސްޓަރ މަހުލޫފްގެ މައްސަލައަށްބަލާނަމަ މިނިސްޓަރ މަހުލޫފެ މުޅި ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނާނެ މިމައްސަލައިން. އަޅުގަނޑުނެތިން ދައުވާ ކޯޓުގައި ނޫފުލާކަށް. އަޅުގަނޑު ބިރުގަންނަނީއޭވެސް ބައެއް ފަރާތްތަކުން ވިދާޅުވޭ. އެހެންމަވެސް އަޅުގަނޑު ބިރު ގަންނަންޖެހޭ ވަރުގެ ކަމެއްނެތް."ޝަމީމު ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ ވަކި މީހަކަށް ނުވަތަ ވަކިކަމަށް ބިރުން އުޅޭނަމަ މިސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ލެވެލް ބޭފުޅުންނަށް ދައުވާކުރަން ކޯޓަށް ހުށަހަނާޅާނެކަމަށެވެ. ޕީޖީގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިހާތަނަށްވެސް އަމަލު ކުރައްވަމުންދަނީ ވަރަށް މިނިވަންކަމާއި އެކުގައިކަމަށް ޕީޖީ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް