Advertisement

ޕީޕީއެމްގެ ފަރާތުން މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރާނީ ނަރީޝް

20 Jun 2021 | 13:57

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމަށް ވާދަކުރައްވާނީ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝްކަމަށް ކަނޑައަޅައިފިއެވެ.

ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ޕީޕީއެމްއިން ވާދަކުރާނެ ކެނޑިޑޭޓަކީ ނަރީޝްކަމަށް ކަނޑައަޅާފައިވަނީ، މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންގެ މެދުގައި މިއަދު ހެނދުނު ނެގުނު ސިއްރު ވޯޓަކުންނެވެ. މި ވޯޓު ނަރީޝް ކާމިޔާބުކުރައްވާފައިވަނީ 5 ވޯޓުންނެވެ.

އެބޭފުޅާއަށް ދެކޮޅަށް ވާދަކުރައްވާފައިވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު އަދި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. މި ދެ ބޭފުޅުންނަށްވެސް ލިބިވަޑައިގެންނެވީ 4 ވޯޓެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަނޑައެޅުން ރަސްމީގޮތުން އޮންނާނީ މާދަމާއެވެ. މި އިންތިޚާބުގައި އެމްޑީޕީން ކެނޑިޑޭޓެއް ވާދަކުރާނެކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް