Advertisement

ޤާނޫނާއި ޚިލާފަށް ހޯދާފައިވާ ހެކިތަކަކުން ދައުވާ ފުރިހަމަ ނުކުރެވޭނެ: މަހްލޫފް

20 Jun 2021 | 14:56

ޔޫތު މިނިސްޓަރ މަހްލޫފަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލާގައި ހެކި ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި އެގޮތަށް ހޯދާފައިވާ ހެކިތަކަކުން ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށް މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ފޭސްބޫކްގައި ވިދާޅުވީ، ބުރާސްފަތި ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެންޓިކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ސިޓީއިން ޔަޤީންވާ ގޮތުން، 24 ޖެނުއަރީގައި ޑިއުޓިީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރުކޮށް ފުލުހުން ޕީޖީއަށް މަހްލޫފްގެ މައްސަލަ ހުށައެޅުމުން ތަހުގީގު ފުރިހަމަ ކުރަން ވަނީ އަންގާފައެވެ.

އަދި އޭގެ 5 މަސް ފަހުން އޭސީސީއިން މައްސަލަ އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވީމަ އަނެއްކާވެސް ޕްރޮސެކިއުޓަރ ޖެނެރަލް އެންގެވީ ފުރިހަމަކުރަން ކަމަށާއި ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ޤާނޫނާ ޚިލާފަށް ހޯދާފަހުރި ހެކިތަކެއްކަމުން އަދި ޕީޖީ އެވިދާޅުވާގޮތަށް ދައުވާ ފުރިހަމަވެސް ނުކުރެވޭނެ ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

މަހްލޫފް ވިދާޅުވެފައިވަނީ، އެދެނީ މި މައްސަލާގައި އަވަހަށް ގޮތެއް ނިންމާދިނުން ކަމަށެވެ.

މިފަދައިން އޭނާ ވިދާޅުވެފައިވާއިރު މިއަދު ބާއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޙުސައިން ޝަމީމު ވިދާޅުވެފައިވަނީ އެ މައްސަލާގައި ތަހުގީގުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވުމުން ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

އަދި ޝަމީމްވަނީ، އޭސީސީން މި މައްސަލާގައި އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ބައެއް ކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

އެގޮތުން ޝަމީމު ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންއިން ކުރިންވެސް ބައެއް ކަންކަން ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް އެދިފައިވާ ކަމަށެވެ. އަދި ފަހުން އޭސީސީން ދައުވާކޮށްދިނުން އެދި ފޮނުވާފައިވަނީ އެކަށީގެންވާ ގޮތަށް ލިޔެކިޔުން ފުރިހަމަނުކޮށް ކަމުގައެވެ. އެހެންކަމުން އެ ލިޔެކިޔުން ފުރިހަމަކުރުމަށް އެދިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް