އެޗްޑީސީގެ އެމްޑީކަމަށް އަނެއްކާވެސް ސުހައިލް

30 Dec 2018 | 11:53

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމަށް ކުރިންވެސް އެ މަގާމު އަދާކުރައްވާފައިވާ ސުހައިލް އަހުމަދު އައްޔަންކޮށްފިއެވެ.

ސުހައިލް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުންވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.

ސުހައިލް އެކުންފުނީގެ އެމްޑީގެ މަގާމަށް މީގެ ކުރިން އައްޔަންކުރެވުނީ ޑރ.ވަހީދުގެ ސަރުކާރުގައެވެ. ނަމަވެސް އެބޭފުޅާ ފަހުން ވަނީ އަމިއްލަ ސަބަބުތަކާއި ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގެ ކުރީކޮޅު މަގާމުން އިސްތިއުފާދެއްވާފައެވެ.

ސުހައިލް އަކީ އެޗްޑީސީގައި ވަރަށް ކުރީއްސުރެ ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.

Advertisement

ކޮމެންޓް

Advertisement