Advertisement

2022ގެ ނިޔަލަށް ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއްވާނެ: އަމީރު

20 Jun 2021 | 22:10

2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު، އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް، ކޮވިޑް-19 ގެ މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ކައުންސިލަރުން މާލިއްޔަތު ޤާނޫނަށް އަހުލުވެރި ކުރުވުމަށް ފަށާފައިވާ ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު މިނިސްޓަރ އަމީރު ވިދާޅުވީ، މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް މިވަނީ ބޮޑުތަނުން ދަށަށް ދާން ފަށާފައި ކަމަށާއި 2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު، އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް، މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށެވެ.

އެއީ ގާތްގަނޑަކަށް $2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކަމަށާއި، އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށާއި އަދި ކޮންމެ ޚަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަމީރުވަނީ، ކައުންސިލްތަކުގެ މާލީ ކަންކަން ރަނގަޅަށް ކުރިޔަށް ގެންދިޔުމުގައި އެންމެ އިސް ރޯލެއް އަދާކުރެވޭ ބަޔަކީ ކައުންސިލަރުންކަން ކަމަށާއި، ޕަބްލިކް ފައިނޭންސިންގެ އަސާސްތަކުގެ މަތީގައި މާލީ ކަންކަން ހިންގުމަކީ ވަރަށްވެސް ބޭނުންތެރި ކަމެއްކަމަށްވެސް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް