މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީވަނީ

20 Jun 2021 | 21:15

ސ. ގަމުގެ 4 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، އިންޖީނު ހުއްޓިގެން އެހީތެރިވަމުން ދަނީ، "އޯކިޑް 707" ނަމަކަށް ކިޔާ ދޯންޏަކަށް ކަމަށެވެ.

އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއިއެކު އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށާއި، "ވާލި 8" ނަމަކަށް ކިޔާ ދޯންޏެއްގައި ކަފުޖަހައިގެން ސ. މީދޫ ބަނދަރަށް ވެއްދުމަށް މަސައްކަތް ކުރަމުންދާކަމަށްގެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

Advertisement

ކޮމެންޓް