ހިޔާ ފްލެޓުތަކުގެ އެއްބަސްވުން އެޗްޑީސީގެ ވެބްސައިޓުގައި ހާމަކުރަނީ

21 Jun 2021 | 13:16

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓުގައި އާންމު ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6،720 ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ފްލެޓު ހަވާލު ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވުމުގެ އެންމެހައި ކަމެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުމަކީ ދަތިކަމެއް ކަމަށްވާތީ ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ނަމަވެސް ޑްރާފްޓް އެއްބަސްވުމަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމުން މި ޑްރާފްޓަށް އެއްވެސް ބަދަލެއް ގެނެވޭ ނަމަ އެކަން އިއުލާން ކުރުމަށް ފަހު އެޗްޑީސީގެ ވެބްސައިޓުގައި ހާމަ ކުރާނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާންގައިވެއެވެ.

Advertisement

ކޮމެންޓް