Advertisement

ހިޔާ ފްލެޓުތަކުގެ ގުރުނެގުން މިއަދު އަލުން ފަށަނީ

21 Jun 2021 | 12:22

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫޢުގެ ފުލެޓުތައް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ޔުނިޓުތައް ކަނޑައެޅުން ބާއްވާ ގުރުނެގުން މިއަދު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފުލެޓުތަކުގެ ޔުނިޓްތަކަށް ގުރުނެގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ދެވަނަ ބުރުގެ ގުރުނެގުމުގެ މަސައްކަތް މިއަދު މެންދުރު 1:00ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މިބުރުގައި ގުރު ނަގާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކެޓަގަރީ (އެޗް10) އާއި ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ (އެޗް6) އަދި 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (އެޗް7) އާއި މާލޭ ރަށްވެހިންނަށް ހާއްސަ (އެޗް8) އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ (އެޗް9) ގެ އިތުރުން ފުލުހުންނަށް ހާއްސަ ފްލެޓްތަކެވެ.

އެޗްޑީސީން ބުނީ އޭގެ ތެރެއިން ފުލުހުންނަށް ހާއްސަ ލިސްޓު ފިޔަވައި، ދެން ހުރި ކެޓަގަރީތަކަކީ ހައުސިން މިނިސްޓްރީން ވެރިފައިކުރުމަށް ފަހު، އިތުރަށް ފޮނުވާފައިވާ ލިސްޓުތައް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި އެ ލިސްޓުގެ ގުރުނެގުން ކުރިއަށް ގެންދާނީ ކުރިއެކޭ އެއްގޮތަށް އައިޑީކާޑު ނަމްބަރު ތަރުތީބުންނެވެ.

ދައުލަތުގެ މީޑިއާއިން ލައިވްކޮށް ކުރިއަށްދާ މި އިވެންޓްގައި އެ ކެޓަގަރީތަކުން ދާއިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުލުން ކުރިއަށް ގެންދެވޭނީ ފުލެޓު ނަންބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީ އިން ފުލެޓު ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑުގެ ނަންބަރު ތަރުތީބުންނެވެ.

މީގެއިތުރުން، ގުރުއަތުން ނެގުނު ފުލެޓާއި، ފްލޯ އާއި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ދައްކާނެއެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓު ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS ޒަރިއްޔާއިން ހިއްސާވެސް ކުރެވޭނެއެވެ.

Advertisement

ކޮމެންޓް