ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ދުބާއީއަށް ވަޑައިގެންފި

21 Jun 2021 | 13:19

ރައީސުލްޖުމްހޫރިއްޔާ އިބްރަޙީމް މުޙައްމަދު ޞާލިޙު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ދުބާއީއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ދުބާއީއަށް ވަޑައިގަތީ ކޮއްކޮ އަހްމަދު މުހައްމަދު ސޯލިހްގެ ޖަނާޒާއަށެވެ. އަހްމަދު ރޭގެ ވަގުތެއްގައި ނިޔާވީ ކެންސަރު ބައްޔަކަށް ދުބާއީގައި ފަރުވާ ހޯއްދަވައި ހޮސްޕިޓަލުން އިއްޔެ ދޫކޮށްލި ފަހުން ހާޓްއެޓޭކެއް ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

އަޙްމަދަކީ ރައީސް ޞާލިޙުގެ ޢާއިލާގައި ތިއްބަވާ ލޯފަން ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. އެއިން ތިން ބޭފުޅުންނަކީ ކީރިތި ޤުރުއާން ހިތްޕުޅުން ދަސްކުރައްވާފައިވާ ޙާފިޒުންނެވެ. އަޙްމަދަކީވެސް ޤުރުއާން ހިތްޕުޅުން ދަސްކުރެއްވުމުގެ މަސައްކަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޞިއްޙީ ޙާލުކޮޅު ހުރި ގޮތުން ހާފިޒުކަމުގެ ކޯސް އޭނާއަށް ފުރިހަމަކުރެއްވިފައިނުވެއެވެ.

Advertisement

ކޮމެންޓް