Advertisement

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ނަރީޝް އިންތިޚާބުވެއްޖެ

21 Jun 2021 | 14:18

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް، މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އިންތިޚާބުވެއްޖެއެވެ.

މާލޭގެ ޑެެޕިއުޓީ މޭޔަރުކަމުގެ މަގާމަށް ނަރީޝް އިންތިޚާބުވީ، މާލޭ ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި މިއަދު ނެގުނު ސިއްރު ވޯޓަކުންނެވެ. މާލޭ ސިޓީ ކައުންސިލްގައި 19 މެންބަރުން ތިއްބަވާއިރު، ނަރީޝް ވަނީ 12 ވޯޓު ކާމިޔާބު ކުރައްވާފައެވެ. ނަރީޝްއާ ދެކޮޅަށް ވާދަކުރެއްވީ އެމްޑީޕީގެ ފަރާތުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޟަމީރެވެ. އެބޭފުޅާއަށް ލިބިވަޑައިގެންނެވީ 7 ވޯޓެވެ.

ނަރީޝަށް މި މަގާމަށް ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވީ ޕީޕީއެމްގެ ކައުންސިލަރުންގެ މެދުގައި ނެގުނު ވޯޓެއް ކާމިޔާބު ކުރައްވައިގެންނެވެ.

ކުރީ ސަރުކާރުގައި އެމްޕީއެލް އަދި ހައުސިންގ މިނިސްޓްރީގައި ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވާފައިވާ ނަރީޝް މިފަހުން ފެނިފައިވަނީ ޗެނަލް13ގެ "ހަޖަމް" ޝޯވ ހުށައަޅައިދޭ ފަރާތެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް