Advertisement

ކޮވިޑް-19އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 253 މީހުން!

21 Jun 2021 | 22:45

ދިވެހިރާއްޖެއިން މިއަދު 253 މީހަކު އަލަށް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 253 މީހަކު ވަނީ އަލަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 35 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 164 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓްތަކުން ޕޮޒިޓިވްވި 3 މީހުން އަދި ތަރައްގީކުރަމުންދާ ރަށްތަކުން ޕޮޒިޓިވްވި 43 މީހެކެވެ.

މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 72،149 އަށް އަރާފައިވާއިރު، މި ބައްޔަށް 44 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 67،148 އަށް އަރާފައެވެ.

Advertisement

ކޮމެންޓް