ޔޫރޯ 2020: ދެވަނަބުރަށް އިތުރު ފަސް ޓީމެއް ދަތުރުކޮށްފި

22 Jun 2021 | 04:16

ޔޫރޯގެ ގްރޫޕް ބީގެ މެޗުތަކުގެ ނަތީޖާތަށް ނެރެފައިވާ ގޮތުގެ ސަަބަބުން އިތުރު ފަސް ޓީމަކަށް ދެވަނަބުރުގެ ޖާގައެއް ކަށަވަރުވެއްޖެ އެވެ.

އެންމެފަހުން ކުޅެ ނިމުނު ގްރޫޕް ބީ އަދި ސީގެ މެޗުތަކާއެކު ދެވަނަ ބުރަށް ދަތުރުކުރި ފަސް ޓީމަކީ ފްރާންސް އާއި އިންގްލޭންޑާއި، ޗެކް ރިޕަބްލިކް އާއި ސްވިޑެންގެ އިތުރުން ސްވިޒަލޭންޑެވެ.

މި ފަސް ޓީމަށް ވެސް ވަނީ ހަތަރު ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި މިހާތަނަށް ހިމެނުނު އެހެން އެއްވެސް ޓީމަކަށް ހަތަރު ޕޮއިންޓެެއް ނުލިބެއެވެ. މިހާތަނަށް ނިމުނު ގްރޫޕުތަކުގެ ތެރެއިން ތިންވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދިޔައީ އަދި ސްވިޒަލޭންޑެވެ. 

މުބާރާތުގެ ގަވާއިދު ބުނާގޮތުން ގޮތުން ތިންވަނަ މަގާމަށް ހޮވޭ ހަ ގައުމުތަކުގެ ތެރެއިން ގަދަ ހަތަރު ގައުމަކަށް ދެވަނަ ބުރުގެ ޖާގަ ލިބޭނެއެވެ.

މި ފަސް ޓީމުގެ އިތުރުން ދެން ދެވަނަ ބުރުން މިހާތަނަށް ޖާގަ ކަށަވަރުކޮށްފައިވާ ޓީމުތަކަކީ އިޓަލީ އާއި ބެލްޖިއަމް އާއި އޮސްޓްރިއާ އާއި ވޭލްސްގެ އިތުރުން ނެދަލޭންޑްސް އާއި ޑެންމާކްއެވެ. މި ޓީމުތަކަކީ މިހާތަނަށް ނިމުނު ގްރޫޕުތަކުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ.

Advertisement

ކޮމެންޓް

Advertisement