13 އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެ

22 Jun 2021 | 09:31

އުމުރުން އެންމެ ތޭރަ އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާ އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ތޭރަ އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކުރި ކަމަށް ބެލެވޭ މައްސަލައެއް ޖޫން މަހުގެ 20 ވަނަ ދުވަހު އެއިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެކުއްޖާ މަރާލާފައި އޮއްވާ މި ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 2:38، އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެނގިފައިވާ ގޮތުގައި އެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މޫދާއި ވީ ދިމާލުންނެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ދިވަހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Advertisement

ކޮމެންޓް